ޖީޒާގެ ޕިރަމިޑް

ޕިރަމިޑް ހުންނަ ތަން

ޖީޒާގެ ބޮޑު ޕިރަމިޑް
ޖީޒާގެ ބޮޑު ޕިރަމިޑް was the world's tallest building from c. 2570 BC to c. 1300 AD.*
Preceded by Red Pyramid of Sneferu, Egypt
Surpassed by Lincoln Cathedral
Information
Location Giza, Egypt
Status Complete
Constructed c. 2570 BC
Height
Roof 138.8 m, 455.2 ft
(Originally: 146.6 m, 480.9 ft)
*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.

ޕިރަމިޑް ހުންނަ ތަން

މިޞްރުގެ ވެރިރަށް ގާހިރާގެ ހުޅަގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑު 3 ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުން ފެންނަން ހުރި ހަމައެކަނި އަޖައިބު ކަމުގައިވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ޚޫފޫ ޕިރަމިޑް އެވެ. މިޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ޚަފްރީ އަދި މެންކޫރީގެ ނަމުން ނަންދެވިފައިވާ ޕިރަމިޑް ތަކެވެ.

ޕިރަމިޑްތައް ހުރި ހިސާބަކީ ގަދީމީ ޖީޒާގެ ރަށްފުށުން 8 ކިލޯ މީޓަރު ބޭރު އެވެ. ގާހިރާ ގެ ސިޓީ ސެންޓަރ ނުވަތަ ވުސްތުލް ބަލަދު އޭ ކިޔޭ ހިސާބުން ޕިރަމިޑް ތައް ހުންނަ ހިސާބާއި ދެމެދު 25 ކިލޯ މީޓަރު ހުރެއެވެ.

ފިރަމިޑް ހިސާބުގައިވާ މައިގަނޑު އާޘާރުތައް

ޚަފްރީ ޕިރަމިޑް

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚަފްރީ ޕިރަމިޑް

ޚަފްރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ދެކުނުން 100 އެއްހާ މީޓަރު ދުރުގައެވެ. އުސްމިނުގައި 460 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 709 ފޫޓް ހުރެއެވެ. ކޮންމެ ޕިރަމިޑެއްގެ ހިލަތަކުގެ ބޭރުން އޮމާން ކުރުމަށްޓަކައި ފަށަލައެއް ލެވިފައި ވެއެވެ. މިޕިރަމިޑްގައި ލެވިފައިވާ މިބުނި ފަށަލައިގެ ނުފައިބައި ހުރި ބައިތައް ޕިރަމިޑްގެ އެންމެ އުސްހިސާބު ނުވަތަ މަތިން ފެންނަން އެބަހުއްޓެވެ.

މެންކޫރީ ޕިރަމިޑް

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މެންކޫރީ ޕިރަމިޑް

މެންކޫރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ހުޅަގު ދެކުނަށެވެ. އުސްމިނުގައި 230 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 354ފޫޓް ހުރެއެވެ.ބޮޑު 3 ޕިރަމިޑްގެ އިތުރުން ކުދިކުދި ޕިރަމިޑްތައް ވެސް މަރުގެ ރަށް މިނަމުން ނަންދީފައިވާ މިހިސާބުގައި ވެއެވެ. ފޮޓޯތަކުން ބައެއް ފަހަރު ޚަފްރީ ޕިރަމިޑް ޚޫފޫ ޕިރަމިޑަށްވުރެ އުސްކަމަށް ދައްކައިފާނެއެވެ. އެއީ ޚަފްރީ ބިނާކޮށްފައި ހުރީ ޚޫފޫ ޕިރަމިޑަށްވުރެ އުސް ހިސާބެއްގައި ކަމަށްވާތީ އެވެ.

ޚޫފޫ ޕިރަމިޑް

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚޫފޫ ޕިރަމިޑް

ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ.

ފުރަތަމަ ޕިރަމިޑް ބިނާކުރުމުގެ ޚިޔާލު ކުރެވުނީ އައްޓެއް ނުވަތަ ސްޓޭޖެއް ބިނާކޮށް އޭގެ މަތި ނިވާކުރެވޭގޮތަށް ހެދުމަށެވެ. އެއީ މިބުނި އަށި ނުވަތަ ސްޓޭޖްގެ މަތީގައި ރަސްގެފާނުގެ މަހާނަ ބެހެއްޓުމަށްފަހު އޭގެ މަތި ނިވާކޮށް ރައްކާކުރެވޭ ގޮތަށެވެ.

ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވި ކަމުގައި ވެއެވެ. އަދި ބިނާކުރުމަށް ބޭނުންވާ ގާތައް އެހިސާބަށް ގެންދިއުމުގައި 10 ހާސް އަޅުން އުޅުނު ކަމުގައި ވެއެވެ. އަދި މަސައްކަތް ކުރާ ސަރަޙައްދުގައި 4 ހާސް މީހުން ހަރަކާތްތެރިވި ކަމުގައި ބުނެވެއެވެ.

ޕިރަމިޑް ހެދުމަށްޓަކައި ފުރަތަމަ ހަތަރެސްކަން ހިލަގާތައް ޖަމާކޮށް ބެހެއްޓުނެވެ. އެއަށްފަހު މިގާތަކުގެ ވަށައިގެން އުވަ ފާނޑުގެ ވެލީގެ ފަށަލައެއް ދުއްވުނެވެ. ނަމަވެސް މިފަށަލަވަނީ ޒަމާންތަކާއި އެކު ނެއްޓި މުޅިން ވަކިވެގެން ގޮސްފައެވެ. ޕިރަމިޑް ހެދުމަށް އޭގައި ފެންނަށް ހުރި ގާތައް އެކަތި އަނެކައްޗާއި ގުޅި ހިފެހެއްޓޭގޮތަށް ބެހެއްޓިފައިވަނީ ކިހިނެއްކަން އަދި ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިކަމާއި ބެހޭ އިތުރު ދިރާސާތައް ތާރީޚީ އަދި ބިމުގެ ޢިލްމާއި ބެހޭ އަހުލުވެރިން ދަނީ ހަދަމުންނެވެ. ތާރީޚީ ބައެއް ބޮޑެތި ފޮތްތަކުގައި ޚޫފޫ ޕިރަމިޑްއަށް ފިރުޢައުނުގެ ފަރުބަދަ މިނަމުން މުޚާތަބު ކޮށްފައި ވެއެވެ.

1798 ވަނަ އަހަރު ނަޕޯލިއަން މިޞްރަށް ވެދެވަޑައިގަތުމަށްފަހު އޭނާގެ ސިފައިންނާއި މުޚާތަބުކޮށް ވިދާޅުވެފައިވަނީ ސިފައިންނޭ! ޕިރަމިޑްގެ އެންމެ އުހުން 40 ގަރުނު އަހަރެމެންނަށް ބަލަމުން އެބަގެންދޭ މިހެންނެވެ.

ސްފިންކްސް ބުދު

މިއަދު މިޞްރުގެ ޖީޒާގައި ހުރި ބޮޑު 3 ޕިރަމިޑާއި، އެހިސާބުގައިވާ ސްފިންކްސްގެ ނަންދީފައިވާ ބުދުވެފައިވަނީ ފަތުރުވެރިންގެ އެންމެ މުހިއްމު އެއް މަންޒިލް ކަމުގައެވެ.

ސަން ބޯޓް

ބަޔާންކުރެވުނު އާޘާރު ތަކުގެ އިތުރުން 1954 ވަނަ އަހަރު އެހިސާބު ކޮނުމުގެ ތެރޭގައި ފެނުނު ސަން ބޯޓް ވެސް ވަނީ ފަތުރުވެރިންނަށް ދައްކާލުމަށް ބޯޓެއްގެ ސިފައިގައި ގެއެއް ބިނާކޮށް އެގޭގެ ތެރޭގައި ބެހެއްޓިފައެވެ. ބުނެވޭގޮތުގައި މިއީ ޚޫފޫ ރަސްގެފާނު އަވަހާރަވުމުން ފަސްދާނު ލުމަށްޓަކައި ޕިރަމިޑާއި ހަމައަށް ގެނެވުނު ބޯޓް ވެސް މެއެވެ. އަދި ޚޫފޫ ރަސްގެފާނުގެ ވެރިކަމުގެ ފަހުކޮޅު ކޯރުގެ ތެރޭގައި ދަތުރުކުރެއްވީ މިބޯޓުން ކަމުގައި ވެއެވެ. މަރުގެ ރަށުން ނަންދީފައިވާ މިހިސާބުގައި ޖުމްލަ އެކު 10 ޕިރަމިޑް ހުންނަ ކަމަށް ބުނެވެއެވެ.

ބޮޑު ޕިރަމިޑްގެ އޮނިގަނޑު

މި ޕިރަމިޑްގެ މެޕް ބޮޑު ޕިރަމިޑް ފުރަތަމަ ބިނާކުރެވުނު އިރު އޭގެ އުސްމިނުގައި 481 ފޫޓް ހުރިއެވެ. ނަމަވެސް ޒަމާންތަކާއި އެކު އޭގެ ކުރީކޮޅުން ވަނީ 30 ފޫޓް ވަރު ގިރި ފައިބައި ނުވަތަ ނެއްޓިގެން ގޮސްފައެވެ. 19 ވަނަ ގަރުނާއި ޖެހެންދެން ދުނިޔޭގެ އެންމެ އުސްތަނެއްގެ ގޮތުގައި ގައިވެސް މި ޕިރަމިޑް ބެލެވިފައި ވެއެވެ. ބައެއް ލިޔުން ތަކުގައި 1889 ވަނަ އަހަރު ފްރާންސްގެ އެއިފެލް ޓަވަރު ބިނާކުރުމާއި ހަމައަށް ދުނިޔޭގައިހުރި އެންމެ އުސްތަނަކީ މިޕިރަމިޑް ކަމުގައި ލިޔެފައި ވެއެވެ. އެހެންކަމުން 4400 އަހަރު ވަންދެން ދުނިޔޭގައި ހުރި އެންމެ އުސްތަނުގެ ގޮތުގައި މިޕިރަމިޑްވަނީ ވެފައެވެ. މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 756 ފޫޓް ހުރެއެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
• ޖީޒާގެ ބޮޑު ޕިރަމިޑް
• ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
• ޒިއުސްގެ ބޮޑު ބުދު
• އާޓިމީސް ފައްޅި
• މައުސޯލަސް ގެ ޒިޔާރަތް
• ރޯޑެޒްގެ ކޮލޯސަސް ބުދު
• އެލެގްސެންޑްރިޔާގެ ލައިޓް ހައުސް

ބޮޑު ޕިރަމިޑް ބިނާކުރުމަށް ގާތްގަނޑަކަށް 2300000 ހަތަރެސްކަން ހިލަގާ ނުވަތަ ބްލޮކް ބޭނުންކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ގަލެއްގެ ބަރުދަނުގައި ދޭއް ބައި ޓަން ހުންނަ ކަމަށް ވެއެވެ. އަދި ކޮންމެ ގަލެއް އުފުލުމަށް 112 މީހުން ބޭނުންވާ ކަމަށް ވެއެވެ. ޖީޒާގައިވާ ބޮޑު 3 ޕިރަމިޑް ބިނާކުރުމަށް 5 މިލިއަނަށްވުރެ ގިނަ ހިލަގާ ބޭނުންކޮށްފައިވާ ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ޕިރަމިޑް ބިނާކުރުމަށް ހިލަތައް މިޞްރުގެ މުގައްތަމް ފަރުބަދައާއި މިނޫން ބައެއް ހިސާބުތަކުން ގެންދެވުނު ކަމަށް ވެއެވެ.

ބޮޑު ޕިރަމިޑްގެ އުތުރު ފަރާތުގައި ޕިރަމިޑްގެ މެދަށްވުރެ ތިރިން ދޮރެއް ލެވިފައި ވެއެވެ. މިދޮރުގެ ތެރެއިން ވަދެގެން ޕިރަމިޑްގެ އެތެރޭގައި ހޮހަޅަތަކެއްގެ ސިފަޔަށް ހެދިފައިވާ މަގުތައް ހުރަސްކޮށް ކޫފޫ ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ހިސާބަށް ވާޞިލް ވެވެއެވެ. ޚޫފޫ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައި އޮންނަނީ ޕިރަމިޑްގެ އެތެރެއިން އޭގެ މެދުގައެވެ. ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ތަނަށްކިޔަނީ ރަސްގެފާނުގެ ދާންކޮޅު މިހެންނެވެ. މިއީ 34 ފޫޓް ދިގު،17 ފޫޓް ފުޅާ 19 ފޫޓްގެ އުސްމިން ހުންނަ ތަނެކެވެ. މީގެ އިތުރުން މިޕިރަމިޑްގެ އެތެރޭގައި ރާނީގެ ދާންކޮޅު އަދި ގްރޭންޑް ގެލަރީއޭ ކިޔޭ ތަންތަން ހުރެއެވެ. ގްރޭންޑް ގެލަރީގެ ދިގުމިނުގައި 47 މީޓަރު އަދި އުސްމިނުގައި 8.5 މީޓަރު ހުރެއެވެ.

ޚޫފޫ ރަސްގެފާނު ފަސްދާނު ލެވިފައިވަނީ ރަތް ގްރެނައިޓް އިން ތައްޔާރު ކުރެވިފައިވާ ސަންދޯކެއްގައެވެ. އަދި ސަންދޯން ބޭއްވިފައި އޮންނަ ތަނުގެ އެތެރޭގެ ފާރުތައް ވެސް ހުންނަނީ ރަތް ގްރެނައިޓްއިން ޖަރީކުރެވިފައެވެ.

އިތުރު ފާލަންތައް

ޤިސްމު:ދުނިޔޭގެ އަޖައިބުތައް

an:Necropolis de Chiza ar:أهرامات الجيزة arz:اهرامات الجيزه bat-smg:Gizas pėramėdės be:Піраміды Гізы bs:Piramide u Gizi ca:Necròpolis de Gizeh cy:Pyramidau Giza da:Pyramidekomplekset med sfinksen ved Giza de:Pyramiden von Gizeh el:Πυραμίδες της Γκίζας en:Giza Necropolis eo:Piramidoj de Gizo es:Necrópolis de Giza et:Giza püramiidid eu:Gizako nekropolia fa:مجموعه اهرام جیزه fi:Gizan pyramidit fr:Nécropole de Gizeh gl:Necrópole de Giza he:מתחם הפירמידות בגיזה hr:Piramide u Gizi hu:Gízai piramisok id:Kompleks piramida Giza is:Pýramídarnir í Gísa it:Necropoli di Giza ja:三大ピラミッド ko:기자의 피라미드 ku:Pîramîdên Gîzê la:Necropolis Gizensis lt:Gizos piramidės mk:Пирамиди во Гиза ml:ഗിസ നെക്രൊപൊളിസ് nl:Piramiden van Gizeh no:Pyramidekomplekset ved Giza pt:Pirâmides de Gizé ro:Piramidele din Giza ru:Пирамиды Гизы simple:Giza pyramid complex sl:Piramide pri Gizi sr:Велике пирамиде sv:Gizaplatån ta:கிசா பிரமிடுத் தொகுதி tl:Nekropolis ng Giza tr:Gize Piramitleri uk:Некрополь Ґізи vi:Khu lăng mộ Giza war:Necropolis han Giza zh:吉薩金字塔群 zh-yue:吉薩金字塔群

Post a comment
Tips & Hints
Arrange By:
cxbyte
29 May 2012
vrlo lijep
cxbyte
29 May 2012
Très belle
cxbyte
29 May 2012
Very nice
cxbyte
16 May 2012
что не очевидно?
Vadim I
16 May 2012
Теперь поздно, с новой властью к туристам не очень-то хорошо относятся =]
Dave Mc
27 August 2018
The pyramids don't look that far from the road, but they're actually are really far, they're just wicked big so they look closer than they actually are. The camel tours are expensive, but worth it!
DoubleTree by Hilton
If you are a horse riding lover visit FB Stables and Ride in the shadow of the Great Pyramids or further afield on a half day trip to Saqqara or Abu Sir or camp out over night with a barbecue and fire
Dave Mc
27 August 2018
The pyramids a really, really huge. You might think about climbing one, but once you get there, you'll change your mind!
Dave Mc
27 August 2018
The pyramids are really a must see, bucket list item. If you have the opportunity, you definitely have to do it.
David Ladera
21 May 2018
I would recommend to avoid crowded hours even if the weather is hot to have a better experience. Camel tours are 100 EGB / 30 min / 1 person
Veysel Soylu
2 March 2017
It's amazing to visit pyramids at the age of thousands... No words enough to describe them. Get rid of people who asking money from you all the time
Load more comments
foursquare.com

Hotels nearby

See all hotels See all
Marriott Mena House, Cairo

starting $247

Four Seasons Hotel Cairo at The First Residence

starting $180

Swiss Inn Nile Hotel

starting $29

Barcelo Cairo Pyramids

starting $60

Amarante Pyramids Hotel

starting $34

Hor Moheb Hotel

starting $31

Recommended sights nearby

See all See all
Add to wishlist
I've been here
Visited
ޚަފްރީ ޕިރަމިޑް

(Originally: :ފަންވަތް:Convert/m)

Add to wishlist
I've been here
Visited
Khufu ship

The Khufu ship is an intact full-size vessel from Ancient Egypt that

Add to wishlist
I've been here
Visited
ޚޫފޫ ޕިރަމިޑް

ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރ

Add to wishlist
I've been here
Visited
Great Sphinx of Giza

The Great Sphinx of Giza is a statue of a reclining lion with a human

Add to wishlist
I've been here
Visited
މެންކޫރީ ޕިރަމިޑް

މެންކޫރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ހުޅަގު ދެކުނަށެވ

Add to wishlist
I've been here
Visited
Layer Pyramid

The Layer Pyramid (known locally in Arabic as il-haram il-midawwar,

Add to wishlist
I've been here
Visited
Abu Rawash

Abu Rawash (also known as Abu Roach, Abu Roash), 8 km to the North of

Add to wishlist
I've been here
Visited
Pyramid of Djedefre

The Pyramid of Djedefre consists today mostly of ruins located at Abu

Similar tourist attractions

See all See all
Add to wishlist
I've been here
Visited
ޚޫފޫ ޕިރަމިޑް

ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރ

Add to wishlist
I've been here
Visited
Pyramid of Djoser

|Owner=Djoser

Add to wishlist
I've been here
Visited
Philopappos Monument

The Philopappos Monument (Greek: Μνημείο Φιλοπάππου) is an ancient Gr

Add to wishlist
I've been here
Visited
Pyramid of Amenemhat III (Dahshur)

King Amenemhat III built the Black pyramid during the Middle Kingdom

Add to wishlist
I've been here
Visited
Red Pyramid

The Red Pyramid, also called the North Pyramid is the largest of the

See all similar places