ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )

އެލިފައިވާ ބަގީޗާ ނުވަތަ ހެންގިންގ ގާރޑްންގެ ނަމުން ނަންދެވިފައިވާ މިބަގީޗާއަކީ ވެސް ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިބަގީޗާ އޮތް ކަމަށް ބެލެވެނީ އިރާގުގެ ބަޣުދާދުގެ 50 ކިލޯ މީޓަރު ދެކުނުން ފުރާތު ކޯރުގެ އައްސޭރީގައެވެ.

މީގެ 4 ހާސް ވަރަކަށް އަހަރު ކުރިން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ރަސްކަމުގެ ވެރިރަށެއް ކަމުގައި ކަނޑައެޅިފައި ވަނީ އިރާގުގެ ބާބިލް އެވެ. އާޝޫރީން އަތުން ބަލިވެ، ބާބިލް އާޝޫރީންގެ ދަށަށް ދިއުމުން، ބާބިލްގެ ދެކުނުގެ ހިސާބުގެ ވެރިޔާ ފާރިސީންގެ ވެރިޔާއާއި އެއްބައިވެ، ދެބައިމީހުން ގުޅިގެން އާޝޫރީން ބަލި ކުރެއްވި އެވެ. އެއަށްފަހު ބާބިލްގެ ވެރިއަކަށް ބާބިލްގެ ދެކުނުގެ ވެރިއަކަށް ހުންނެވި ނަބޯޕޮލަސާރު އިސްކުރެވުނެވެ. އެއަށްފަހު ދެން ބާބިލްގެ ވެރިއަކަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން ނަބޫޚަޛު ނަޞްރު2 އެކެވެ. އޭނާގެ ވެރިކަމުގައި ބާބިލްގެ ހިމާޔަތަށް އެރަށުގެ ވަށައިގެން ބޮޑު ފާރެއް ބިނާކުރެވުނެވެ. އަދި ފުރާތު ކޯރު ހުރަސް ކުރުމަށްޓަކައި ބޮޑު ފާލަމެއް ބިނާކުރެއްވި އެވެ. އަދި ރަސްކަން ހިންގުމަށް ބޮޑު ބިޔަ ވަރުގަދަ ގަނޑުވަރެއް ބިނާކުރެއްވި އެވެ. ނަބޫޚަޛު ނަޞްރުގެ ވެރިކަން ޢީސާގެ ފާނުގެ 605 އަހަރު ކުރިން ފެށިގެން 43 އަހަރަށް ދެމިއޮތެވެ.

ކުރިން ބުނެވުނު ގަނޑުވަރުގެ ކައިރީގައި ފުރާތު ކޯރުގެ އައްސޭރި ފަށުގައި ނަބޫޚަޛު ނަޞްރު2 ބާބިލްގެ މަޝްހޫރު ހެންގިންގ ގާރޑްން ބިނާކުރެއްވި އެވެ. ބަގީޗާއެއްގެ ނަން ދީފައިވީ ނަމަވެސް މިއީ ބަގީޗާއި ޢިމާރާތްތައް ހިމެނޭ ގޮތަށް ގަނޑުވަރެއްގެ ސިފަޔަށް ބިނާކުރެވުނު ތަނެކެވެ.


Шаблон:Seven wonders ބުނެވޭގޮތުގައި ހެންގިންގ ގާރޑްން ބިނާކުރެވުނީ ނަބޫޚަޛު ނަޞްރު2 އޭނާގެ އަނބިކަނބަލުން އެމީޓިސް ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށް ދިިރިއުޅުއްވާނެ ތަނެއްގެ ގޮތުގައެވެ. އެމީޓިސް ދިރިއުޅެ ބޮޑުވީ ގަސްތަކާއި ފަރުބަދަތައް ހިމެނޭ ހިސާބެއްގައި ކަމަށްވުމާއި އެކު ނަބޫޚަޛު އާއި ކައިވެނި ކުރެއްވުމަށްފަހު ވެސް އެފަދަ ދިރިއުޅުމަށް ލޯބި ކުރެއްވި އެވެ. ބައެއް ލިޔުންތަކުގައި ހެންގިންގ ގާރޑްން ބިނާކުރެއްވީ އާޝޫރީންގެ ރާނީއެއްކަމުގައިވާ ސަމީރަމިސް ކަމަށް ލިޔެފައި ވެއެވެ.

ހެންގިންޑް ގާރޑްންގެ އުސްމިނުގައި 80 ފޫޓް ހުރެއެވެ. ދިގުމިނާއި ފުޅާ މިނުގައި 400 ފޫޓް ހުރެއެވެ. އަދި ވަށައިގެން ރައްކަލަކަށް ބިނާކުރެވިފައިވާ ފާރުގެ ބޯމިނުގައި 23 ފޫޓް ހުރެއެވެ. އަދި މިބުނި ފާރުގެ އުސްމިނުގައި 320 ފޫޓް ހުރެއެވެ. ދިގުމިނުގައި 56 މޭލް ހުރެއެވެ. ޢިމާރާތްތަކުގެ އެއްބައި އަނެއްބަޔާއި ގުޅާލެވިފައިވަނީ ސަންގު މަރުމަރު ހިލައިން ހެދިފައިވާ ސިނޑިތަކަކުންނެވެ. އެތެރެއިން ތިމަރަ ޖަހައިގެން ހިލައިން ހަދާފައިވާ ފެންގަނޑުތައް މާގަސް ހެއްދުމަށް ތައްޔާރު ކުރެވިފައި ވެއެވެ.

ޢިމާރާތުގެ އެންމެ މަތީ ޓެރަސް ގައި ތިރިއަށް ފެން ފޮނުވުމަށް ތަނެއް ތައްޔާރުކޮށްފައި ހުރެއެވެ. މިތަނުން ފޮނުވާ ފެނުން ތިރީގައިވާ ހައްދައިފައިވާ ބަގީޗާތަކަށް ފެން ލިބޭނޭގޮތް ހަދާފައި ވެއެވެ. ބުނެވޭގޮތުގައި ޓެރަސް މައްޗަށް ފެން ގެންދެވެނީ ފުރާތު ކޯރުންނެވެ. އަދި ފެން މައްޗަށް ފޮނުވެނީ ޗޭނު ޕަމްޕުގެ އެހީގައި ކަމަށް ވެއެވެ.

އަދި އިތުރަށް ބައްލަވާލައްވާ

  • ދުނިޔޭގެ 7 އަޖާއިބު
  • އިރާޤުގެ ތާރީހް
  • ބާބިލް ނުވަތަ ބޭބިލޯން
  • ބާބިލްގެ ޓަވަރު
  • ސެމިރާމިސް
  • ބަގީޗާ ހެއްދުން
  • ބަގީޗާ ހެއްދުމުގެ ތާރީހް

އިތުރު ފާލަންތައް

Listed in the following categories:
Post a comment
Tips & Hints
Arrange By:
There are no tips nor hints for ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން ) yet. Maybe be you will be the first one to post useful information for fellow travellers? :)

Hotels nearby

See all hotels See all
Wabel tubal

starting $67

Sigma House Al Jawhara

starting $80

Copthorne Al Jahra Hotel & Resort

starting $154

Sigma House - Al Dahiya

starting $53

Raoum Inn Arar

starting $48

Marina arar

starting $42

Recommended sights nearby

See all See all
Add to wishlist
I've been here
Visited
Etemenanki

Etemenanki (Sumerian: Шаблон:Cuneiform Шаблон:Transl 'temple of

Add to wishlist
I've been here
Visited
Borsippa

Borsippa (modern Birs Nimrud site, Iraq) was an important ancient city

Add to wishlist
I've been here
Visited
Imam Husayn Shrine

The Shrine of Husayn ibn ‘Alī (Arabic: مقام الامام الحسين‎) is

Add to wishlist
I've been here
Visited
Ishtar Gate

The Ishtar Gate (Assyrian: ܕܵܪܘܲܐܙܲܐ ܕܥܵܐܫܬܲܪ translit: Darwaz

Add to wishlist
I've been here
Visited
Taq-i Kisra

The Tāq-i Kisrā (Persian طاق كسرى , meaning Iwan of Khosrau) is a Per

Add to wishlist
I've been here
Visited
Great Mosque of Kufa

The Great Mosque of Kufa, or Masjid al-Kūfa (Arabic: مسجد الكو

Add to wishlist
I've been here
Visited
Al-Faw Palace

The Al Faw Palace (also known as the Water Palace) is located in

Add to wishlist
I've been here
Visited
Republican Palace

The Republican Palace (Arabic: القصر الجمهوري al-Qaṣr al-Ǧumhūriy) i

Similar tourist attractions

See all See all
Add to wishlist
I've been here
Visited
މާޗޫ ޕީކްޗޫ

މާޗޫ ޕީކްޗޫ އަކީ ޕެރޫގައި ކަނޑުގެ ސަތަހައަށްވުރެ 2400 މީޓަރު އ

Add to wishlist
I've been here
Visited
Acropolis of Athens

The Acropolis of Athens is the best known acropolis (Gr. akros, akron,

Add to wishlist
I've been here
Visited
Old Town, Al-'Ula

The Old Town is an archaeological site near Al-'Ula, Medina Province,

Add to wishlist
I've been here
Visited
Persepolis

Persepolis (Шаблон:Audio Old Persian: Pārsa, Modern Persian: تخت جم

Add to wishlist
I've been here
Visited
Temple of Poseidon, Sounion

The ancient Greek temple of Poseidon at Cape Sounion, built during

See all similar places